އެކަނިވެރިމައަކަށް ވުމުން ހިތްވަރު ދޫނުކޮށް ތަފާތު މީރު ކެއުންތައް ތައްޔާރު ކުރުމުގައި އަވަދިނެތި!

މިއީ 4 ކުދިންގެ މަންމަ އެކެވެ. އެކަނިވެރިމައަކަށް ވުމުން ހިތްވަރު ދޫނުކޮށް މަސައްކަތް ފެށީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް ކުރެވެންހުރި މަސައްކަތެއް ކުރުމަށެވެ. ދޮށީ ދަރިފުޅަށް 17 އަހަރެވެ. ދެވަނަ ދަރިފުޅަށް 14 އަހަރު، އަދި އެއްމާބަނޑު ދެކުދިންނަށް 8 އަހަރެވެ. ކައިވެނި ރޫޅުނީ އެއްމާބަނޑު ދެކުދިންނަށް 1 އަހަރު ނުވަނީސް ކަމަށް ވަނީ ބުނެފައެވެ. ދިވެހިންނަށް ކަމުދާ ގޮތަށް ދިވެހިވަންތަ ކެއުން ތައްޔާރު ކުރުމުގައި އދ. މަހިބަދޫ އަށް އުފަން ހައްވާ ޝިރާނީ ފާހަގަކޮށްލެވެއެވެ. […]