ކެއުމުގައި އަޖިނަމޮޓޯ ބޭނުންކުރާއިރު ލިބިދާނެ ގެއްލުމާއިމެދު ވިސްނާލިންތަ؟

ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރުކުރާއިރު އަޖިނަމޮޓޯ ބޭނުންކުރާ މީހުން އުޅެއެވެ. މިގޮތުން ކުޅިކޮށް ތައްޔާރުކުރާ ހެދިކާ، އަދި ރިހަ، ކިރުގަރުދިޔަ ފަދަ ބާވަތްތައް ތައްޔާރުކުރާއިރު އަޖިނަމޮޓޯ އަޅައެވެ. އެހެންނަމަވެސް އަޖިނަމޮޓޯ އަކީ ގެއްލުންހުރި އެއްޗެއްކަން އެނގުމުން ކެއުމަށް އަޖިނަމޮޓޯ ބޭނުން ނުކުރާ މީހުން ދަނީ ގިނަވަމުންނެވެ.   އަޖިނަމޮޓޯގައި ހިމެނެނީ ކޯއްޗެއް؟ އަޖިނަމޮޓޯ ނުވަތަ މޮނޮސޯޑިއަމް ގުލުޓަމޭޓް (އެމްއެސްޖީ) އުފައްދަނީ ސޯޑިއަމް އާއި ގުލޫޓަމިކް އެސިޑް ބޭނުންކޮށްގެންނެވެ. އަދި އަޖިނަމޮޓޯ ތައްޔާރުކުރުމަށް އުއްދަނޑި، ޝުގަރ ބީޓްސް، ޒުވާރި […]