ފޮޓޯ: މަޑިމަސްވަކަރު ގަހަށް ބަހާރު މޫސުން އައުން

މިއީ ހުޅުމާލޭގައި ހައްދާފަ ހުރި މަޑިމަސްވަކަރު ގަހުގެ ފޮޓޯއެވެ. ކޮންމެ އަހަރަކު ވެސް މިދުވަސްކޮޅު މިގަސްތައް އޮންނަނީ މަލުން ޖަރީވެފައެވެ. ފިޔާތޮއްޓާއި ހުދުކުލައިގެ މާތައް އަޅާފަ ހުންނައިރު މިއީ ބަލާލަން ވަރަށް ހިތްގައިމު މަންޒަރެކެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ މިފަހަރުގެ ތަފާތު ކަމަކީ ކޮބާ؟

ރާއްޖޭގައި ބާއްވާ ކަނޑުއުޅަނދުފަހަރާއި ގުޅޭ އެންމެ ބޮޑު އެކްސްޕޯ " މޯލްޑިވްސް މެރިން އެކްސްޕޯ" ގެ 8 ވަނަ އެޑިޝަން ބާއްވަން ހަމަޖެހިފައި ވަނީ މިއަންނަ މާރިޗް މަހުގެ 15 އިން 18 އަށެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިފަހަރުގެ މެރިން އެކްސްޕޯގައި ކުރީ އަހަރު ތަކަށްވުރެ އިތުރު ބައިތަކެއް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފުރަތަމަ އެޑެކްސް މޯލްޑިވްސް ޗެޕްޓަރ ޚާއްސަ ކޮށްފައިވަނީ ޑައިވިން އިންޑަސްޓްރީ އަށެވެ. " އާއުފެއްދުންތައް ބާޒާރަށް ނެރޭއިރު […]