މައިންބަފައިންނާއިމެދު ނުރުހިގެން ކުޑަބަހެއް ބުނުންވެސް ވަނީ ނަޙީ ކުރައްވާފަ!

މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ އަންހެނަކާ ފިރިހެނެއްގެ ކިބައިން އިންސާނާ ޚަލްޤު ކުރެއްވިއެވެ. އަދި އެއީ މައިންބަފައިން ކަމުގައި ލެއްވިއެވެ. މައިންބަފައިންނަކީ އިންސާނާ ދުނިޔެއަށް އައުމުގެ ސަބަބެއް ކަމުގައި ލެއްވިއެވެ. އަދި މައިންބަފައިންގެ ކޮޑުގައި ތިބާއަށްޓަކައި ޒިންމާތަކެއް ލެއްވިއެވެ. އެއީ ތިބާ ހެޔޮގޮތުގައި ބަލައި ބޮޑު ކުރުމެވެ. ހަމައެހެންމެ ތިބާ ކޮޑުގައި މައިންބަފައިންނަށްޓަކައި ޒިންމާތަކެއް ލެއްވިއެވެ. އެއީ ތިބާ ޅައިރު ހެޔޮ ގޮތުގައި ބަލައި ބޮޑު ކުރިފަދައިން އެމީހުނަށް އޯގާތެރިވުމަށެވެ. އިޙްސާންތެރިވުމަށެވެ. އަދި ތިބާގެ ބޭނުން އެމީހުނަށް ޖެހޭ […]