ބިރުވެރި ވާހަކަ: އެރެއަށްފަހު (ނަވާރަވަނަބައި)

އަދި އަދަށްވެސް ރީޝާއަށް ބިލާލް ފެނުނު ތަނެއް ބުނެނުދެއެވެ. އެއީ ކީއްވެކަމެއް ނޭނގެއެވެ. ފަހަރެއްގައި ބިލާލް ބިރުގެންފާނެތީ ކަމަށްވުންވެސް އެކަށީގެންވާ ކަމެކެވެ. އެގަހާއި އަރައި ހަމަވި ތަނުން އެވާހަކަ ދެކެވުނީ ކިހިނެއް ހެއްޔެވެ. އަދި އެގަސް އެހާ ކަމު ދިޔައީ ކީއްވެހެއްޔެވެ. މިހުރީ ބިލާލްގެ ސިކުނޑީގައި އުފެދިފައިވާ ސުވާލު ތަކެވެ. މާމަމެން އުމުރުގެ މީހުން އަބަދުވެސް ބައެއް ގަސްތަކުގެ ނާމާންކަމުގެ ވާހަކަ ދައްކައެވެ. ބައެއް ގަސްތަކަކީ ޖިންނީން ދިރިއުޅޭ ގަސްތަކެކެވެ. އެގަސްތަކާ ގާތްވާއިރު ހަށި ރައްކަލަކަށް ދުޢާ […]