މާކެޓަރސް ސަމިޓް: ގިނަ ބަޔަކު ބައިވެރިވި ކާމިޔާބު ސަމިޓެއް!

މާކެޓަރސް ސަމިޓް – 2023 ބޭއްވީ މި ފެބުރުއަރީ މަހުގެ 17 އިން 18 އަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގަ އެވެ. އިނގިރޭސިވިލާތުގެ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ސީއައިއެމް) އާއި ގުޅިގެން މާކެޓިން ދާއިރާގެ ފަންނީ މީހުންނަށް ޚާއްސަކޮށްގެން ބޭއްވި މި ސަމިޓަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މި ސަމިޓުގައި މާކެޓަރސްގެ އިތުރުން ޕަބްލިކް ރިލޭޝަންސް، އެޑްވަރޓައިޒިންގ، ވީޑިއޯ އަދި ފޮޓޯގްރަފީ، ސޯޝަލް މީޑިއާ އިންފްލުއެންޒަރސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި […]
ވަހީދު: ތަފާތު ހުނަރެއް ދައްކަމުން އަންނަ ފާހަގަކުރެވޭ މަސައްކަތްތެރިއެއް!

އުމުރުން ވަރަށް ކުޑައިރުއްސުރެވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް ޝައުގުވެރިކަން ހުންނަ ބ. އޭދަފުށީ އުމުރުން 79 އަހަރުގެ އިސްމާއީލް ވަހީދަކީ ނަމޫނާ މީހެކެވެ. މަންމަ އާއި ބައްޕަގެ އުފަން ރަށަކީ ރ. އިގުރައިދޫއެވެ. އެހެންނަމަވެސް ވަހީދަކީ އޭދަފުށީގައި ރަޖިސްޓްރީ އޮންނަ އޭދަފުށީ މީހެކެވެ. މިއީ އެލްމިނިއަމް ވިރުވައިގެން ތަކެތި ހެދުމުގައި ހުނަރުވެރި މީހެކެވެ. އަދި މީގެ އިތުރުން 'ސަތޯ ބުޅި' ހެދުމާއި 'ތިމަރަ ބުޅި' ހެދުމުގައިވެސް ކުޅަދާނަ މީހެކެވެ. ކުރިން ކެޔޮޅުކަމުގައި ވަރަށް ބުރަކޮށް އުޅެ […]