ގިނައިރު އިށީދެ އިނުމުން އާދަޔާޚިލާފަށް ބަނޑު ބޮޑުވާނަމަ މި ކަސްރަތުތައް ކުރެވިދާނެ!

އާންމު ގޮތެއްގައި ގިނަ އޮފީސްތަކުގައި އިދާރީ ގިނަ މަސައްކަތް ކުރަނީ ގޮނޑީގައި އިށީދެ އިނދެގެންނެވެ. ގިނަ ވަގުތު ގޮނޑީގައި ނުވަތަ މޭޒުދޮށުގައި މަސައްކަތްކުރާ ބައެއް މީހުން ފެންނަނީ ބަރުހެލިކޮށް ނުވަތަ ފަލަކޮށް، ބަނޑު ބޮޑުކޮށް ތިބޭ މަންޒަރެވެ. އޮފީސް ތެރޭގައިވެސް އެހެން މީހުންނަށް އުދަގޫ ނުވާނެހެން ފަސޭހައިން ކުރެވިދާނެ ބައެއް ކަސްރަތު ހުރެއެވެ. 1- ފާރުގައި ލެނގިލުން މޭޒުދޮށުގައި ގިނައިރު އިށީދެ އިނުމަށްފަހު ކުޑަ ބްރޭކެއް ނަގާށެވެ. އަދި ފާރުގައި ބުރަކަށި ޖައްސައިގެން ކަކުލު ހުޅުން ލަންބާލުމަށްފަހު […]