ލަންސިމޫ: ހަންގަނޑުގައި އަނދާފައި ހުންނަ ތަންތަނާއި ލައްތައް ރަނގަޅުކޮށްދޭ
ލަންސިމޫ ގަހަކީ ފަތްތައް ހިމަދިގުކޮށް ކާސިންޖީގަހާ އެއްގޮތަކަށް ހުންނަ އާންމުކޮށް ދެމީޓަރުގެ އުސްމިނުގައި ހެދޭ ގަހެކެވެ. މި ގަހުގެ މޫތައް ބިމުގެ އަޑިއަށް 2-4 މީޓަރަށް ފައިބާ މުލުގައި އާދަޔާޚިލާފު މީރުވަހެއް ހުރެއެވެ. މިގަހުގެމޫ ބޭނުންކޮށްގެން އުފައްދާ ތެލުން ރީތިވުމަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ އެއްޗެހި ތައްޔާރުކޮށް އުޅެއެވެ. މީގެތެރޭގައި ސެންޓާއި، ސައިބޯނި އަދި ޝޭންޕޫ ފަދަ ތަކެތި ހިމެނެއެވެ. ރާއްޖޭގެ ބައެއް ރަށްތަކުގައި މެހުމާނުންނަށް ހަދިޔާ ދިނުމަށްޓަކައި މިގަހުގެމޫ ބޭނުންކޮށްގެން އަތުފަންކާވެސް ތައްޔާރުކޮށް އުޅެއެވެ. ލަންސިމުލުން […]