ދަރިން ތިބި އަދަދަށް ޕޮއިންޓް ލިބިގެން ފުލެޓް ލިބޭއިރު، އެދަރިން ހާލުގައިޖެހުން އާންމުވަނީ!

ދިވެހި ރާއްޖޭގައި ދުވަހެއް ދުވަހަކަށް މިދަނީ ވަރި ގިނަވަމުންނެވެ. އެކަނިވެރިމައިން ގިނަވެ މައިންބަފައިންގެ ފުރިހަމަ ލޯބި ނުލިބި ބޮޑުވާ ކުދިން ގިނައެވެ. މަންމަ ނުވަތަ ބައްޕަގެ ބެލުމުގެ ދަށުގައި ތިބެގެން ކުދިން ބޮޑެތިވަމުންދާއިރު އާއިލާ ރޫޅުމުގެ ހިތާމަ މިފަދަ ކުދިން ކުރެއެވެ. މިއީ ވެސް މި މުޖުތަމައުގައި އާންމުވަމުން އަންނަ ހިތްދަތި ކަމެކެވެ. ޒީޓައިމްސް އާއި މައުލޫމާތު ހިއްސާކުރި 3 ކުދިންގެ މަންމައަކު ކިޔައިދިން ގޮތުގައި އޭނާ ދިރިއުޅެމުން ދިޔައީ ހުޅުމާލޭގައެވެ. އެ ދެމަފިރިން ކައިވެނިކުރުމަށްފަހު 3 […]