ބިރުވެރި ވާހަކަ: އެރެއަށްފަހު (ބާވީސްވަނަބައި)
ނަމަވެސް އެ ފިނި ވައިރޯޅިތަކަށް ކެތްކުރަމުންވެސް އެކިޔެވެލި ހުއްޓާލާ ޚިޔާލެއް ރަޝީދު ނުކުރިއެވެ. އޭނަގެ ގާތުގައި ބިލާލް އޮވެގެން ތެޅި ފޮޅެނީއެވެ. އުދުހެމުންދާ ވާލާއި ކާޅުގެ އަޑުން މުޅިތަން ގުގުމަމުން ދިޔަޔަސް އެކަމަށް އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ. ވަށައިގެންވާ ގަސްތަށްވެސް ހީވަނީ ދެންމެ ދެންމެ ބިންމައްޗައް ތިރިވެދާނެހެންނެވެ. ކައިރީގައި ތިބި މީހުން އެންމެފަހުން ކެތް ނުކުރެވިގެން ތެދުވެގެން ދުއްވައިގަތެވެ. މަދު ބަޔަކު ރަޝީދާއި އެކު ހިތްވަރު ކުރަމުން ދިޔައެވެ. ގަޑިން ނުވަގަޑިބައިވާން އުޅެނިކޮށް ކިޔެވެލި ހުއްޓައިލުމާއިއެކު […]