ކާށިދޫގައި ޗުއްޓީ ހޭދަކުރަން ބޭނުންވާނަމަ ސަންވިއު ރެސިޑެންސް ޚިޔާރު ކުރެވިދާނެ!

ކ. ކާށިދޫ ގައި ދަނީ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ގެސްޓްހައުސްތައް ހިންގަމުންނެވެ. 'ސަންވިއު ރެސިޑެންސް' އަކީ މޫދު ފެންނަގޮތަށް މޫދާއި ކައިރި ހިސާބެއްގައި ހުންނަ ގެސްޓްހައުސްއެކެވެ. ސާފުތާހިރު، ސައިޒުގެ ގޮތުން ބޮޑު ކޮޓަރިތަކެއް ހުރި މި ގެސްޓްހައުސް އިން ދުވާލަކަށް ކޮޓަރި ކުލި އުޅެނީ 500 ރުފިޔާ އަށެވެ. ސަންވިއު ރެސިޑެންސްގެ އިމާރާތުގެ އެންމެ މަތީގައި ރެސްޓޯރެންޓެއް ހުންނައިރު ތަފާތު މީރު ކެއުންތަކެއް މާލެއަށްވުރެ އަގުހެޔޮކޮށް މިތަނުން ލިބެން ހުރެއެވެ. ހެނދުނުގެ ސަޔަށްވެސް ދިވެހި އަދި ބޭރުމީހުންނަށް ޚާއްސަ […]
ވީޑިއޯ: ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް ވަމުންދާ ތައްޔާރީތައް

ފަރެސްމާތޮޑާ އެއަރޕޯޓު އެޅުމަށް ބިންހިއްކަން ފެށުނީ 2018 ވަނަ އަހަރުގަ އެވެ. ސަރުކާރުން ތަރައްގީކުރި މި ޑޮމެސްޓިކް އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3:45 ގައެވެ. ފަރެސްމާތޮޑާ އެއަރޕޯޓު ނިމުން މިއީ މިދާއިރާ އަށް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެކެވެ. https://www.facebook.com/xeetimes/videos/661994129064712