ކުޑަކަމުދާން ޖެހުމުން ހިފަހައްޓާލައިގެން ގިނައިރު ހުރުމުގެ ގެއްލުން އެނގޭތަ؟

ކުޑަކަމުދާން ޖެހިއްޖެނަމަ ފާޚާނާއަކާ ހަމައަށް ދެވެންދެން ހިފަހައްޓާލައިގެން ހުންނަންޖެހޭ ފަހަރު އާދެއެވެ. އެހެންނަމަވެސް ތަކުރާރުކޮށް ގިނައިރު މިގޮތަށް ހިފަހައްޓާލައިގެން ހުރުމަކީ ސިއްހީ ގޮތުން ނުރައްކާވެދާނެ ކަމެކެވެ. މިގޮތަށް ހިފެހެއްޓުމުން ނުކުމެދާނެ ބައެއް މައްސަލަތަކަކީ: ކިޑްނީ ހަލާކުވުމުގެ ފުރުސަތު ބޮޑުވުން ކިޑްނީގެ ބަލިތައް ތަހަންމަލް ކުރަމުންދާ ފަރާތްތަކުން މިގޮތަށް ގިނައިރު ކުޑަކަމުނުގޮސް ހިފަހައްޓާލައިގެން ހުރުމުން ކިޑްނީއަށް ކުޑަކަމުދާތަކެތި ދިއުމުގެ ފުރުސަތު އޮވެއެވެ. މިހެންވުމުގެ ސަބަބުން ޖަރާސީމު އުފެދުމުގެ ފުރުސަތު ބޮޑުވެއެވެ. މާބަނޑު އަންހެނުންވެސް ކުޑަކަމުނުގޮސް ގިނައިރު ހުރުމުން ޖަރާސީމު […]