ރިޒްނާ: ގުރުއަތުން ދިމާވި ފުރަތަމަ ނަސީބަކަށް ސްޓެލްކޯގެ އުމްރާ ދަތުރު!

ސްޓެލްކޯ އިން އަންނަނީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައިދެމުންނެވެ. މިގޮތުން 1444 ވަނަ އަހަރުގެ ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ، މިދިޔަ ބުދަ ދުވަހުގެ ރޭ ކުޑަގިރީގައި ބޭއްވި މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމުގެ އިތުރުން ކުންފުނިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ހައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް އަންހެން، […]