އަންހެން ކަނބަލުންނަށް ޚާއްސަކޮށް ރޯދައާއި ގުޅުންހުރި ސުވާލާއި ޖަވާބު

ހ) އާއްމުކޮށް ޙައިޟުވާ މުއްދަތަށްވުރެ ޙައިޟުގެ މުއްދަތު އިތުރުވާނަމަ ރޯދަ ހިފުމުގެ ޙުކުމް؟ ޖަވާބު: ކުރިންސުރެ ޙައިޟުވުން ކޮންމެ މަހަކުވެސް ވަކި އިންތިޒާމަކުން ކަނޑައެޅިގެން އެނގިފައިވުމަށްފަހު، އެ މުއްދަތަށްވުރެ އިތުރަށް ލެއި އަންނަންފެށުން؛ ކުރީންސުރެ ކޮންމެ މަހަކުވެސް ޙައިޟުވުން ވަކި ނިޒާމަކުން ހިނގަމުން ދިއުމަށްފަހު، އެ މުއްދަތަށްވުރެ އިތުރަށް ލެއި އަންނަ އަންހެނުން ޙައިޟުގެ މުއްދަތު ކަމުގައި ބަލާނީ, ކުރިން އޭނާގެ ޙައިޟުގެ ކަންތައް ހަމަޖެހިފައި އޮތް ގޮތެވެ. ކުރިން އާދައެއް ނެތިފަ ލެއިގެ ކުލައާއި ޞިފައިން […]