މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ – ފުރަތަމަބައި

ފަސްމަންޒަރު (މޫސާގެފާނު ދުނިޔެއަށް ފޮނުއްވުމުގެ ކުރިން މިސްރު އޮތްގޮތުގެ ހާލަތު) އެއީ ޤަދީމީ މިސްރެވެ. ދުވަސްވަރަކީ ޢީސާ ޢަލައިހިއް ސަލާމް އުފަންވެވަޑައިގަތުމުގެ ގާތްގަނޑަކަށް ތޭރަ ސަތޭކަ އަހަރު ކުރިއެވެ. އޭރު މިސްރުގައި އޮތީ ޤަދީމީ ތާރީޚް ދުށް އެންމެ ވަރުގަދަ ރަސްކަމެވެ. މިއީ މަޝްހޫރު ފިރުޢައުނުތައް ނުވަތަ ފޭރޯއިން ރަސްކަންކުރި ޒަމާނެވެ. ޒަމާނީ ޢިލްމާއި ޓެކްނޮލޮޖީގެ އެއްވެސް މިންވަރެއް ނެތް ވަތުގެއްގައި ޢުމްރާނީގޮތުން އެމީހުން ބިޔަ މަސައްކަތްތައް ކުރިއެވެ. އެގޮތުން އެމީހުން އަޙުރާމް ނުވަތަ ޕިރަމިޑް ބިނާކުރިގޮތާމެދު […]
ވީޑިއޯ: ފުޅާދާއިރާއެއްގައި ފަތްކެޔޮ ހައްދަމުން އަންނަ ޒަރީރު މިކިޔައިދެނީ ފަތްކެޔޮ ހައްދާގޮތް

ޙަސަން ޒަރީރު އަކީ ކާށިދޫގައި ފުޅާދާއިރާއެއްގައި ފަތްކެޔޮ ހައްދަމުން އަންނަ ދަނޑުވެރިއެކެވެ. މި ދަނޑުގައި 1500 ވަރަކަށް ފަތްކެޔޮގަސް ހުންނާނެ ކަމަށް ބެލެވެއެވެ.
ޒީޓައިމްސް ބަދިގެ: ޕިއްޒާ ފުށްގަނޑު ތައްޔާރުކުރާނެ ގޮތް

ބޭނުންވާތަކެތި: 500ގ. ފުށް 10ގ. ލޮނު 8ގ. އީސްޓް 50ގ. ރަވާ 25 އެމް.އެލް ތެޔޮ 250 އެމް.އެލް ފެން ތައްޔާރުކުރާނެ ގޮތް: ތައްޓަކަށް ފުށް އަޅާފައި ހުރިހާ ބާވަތްތައް އެއްކޮށްލާށެވެ. އެއަށްފަހު ފެން އަޅާފައި ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ. ޕިއްޒާ ފުށްގަނޑު ތިންބައިކުޅަ އެއްބައި އިންޗީގެ ބޯމިނަށް ހެޔޮވަރު ސައިޒަކަށް ދަމާފައި ދޭތެރެ ދޭތެރެއަށް އޫ ހަރާލާށެވެ. އެއަށްފަހު ފުށްގަނޑު ފުފެންދެން ބަހައްޓާށެވެ. ހޫނުމިން 180 ޑިގްރީގައި 5 މިނިޓް ވަންދެން އަވަނުން ފިހެލާށެވެ. ތަވާގައިވެސް […]