ފިރުޢައުނުންގެ ރަސްކަން ފެށިގެން އައި ގޮތް

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ.. ކުރިމަތީގައި އޮތް ބިރުވެރި ހާލަތުން މިންޖުވުމަށްޓަކައި އެ ރަސްކަމުގެ ޚަޒާނާ އެކަލޭގެފާނާއި ހަވާލުކުރެއްވުމަށް ޔޫސުފްގެފާނު ރަސްގެފާނަށް ހުށަހެޅުއްވިއެވެ. ސަބަބަކަށް އެކަލޭގެފާނު ދެއްކެވީ އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމެވެ. ރަސްގެފާނު، ޔޫސުފްގެފާނުގެ ހުށަހެޅުން ގަބޫލުކުރައްވައި އޭނާގެ ރަސްކަމުގެ ބައިތުލްމާލު ބެލެހެއްޓެވުން އެކަލޭގެފާނާ ހަވާލުކުރެއްވިއެވެ. މިހާރުގެ ގޮތުން ނަމަ އެކަލޭގެފާނު ހަވާލުވެވަޑައިގަތީ މާލީ ވަޒީރުކަމާއި އިގުތިސާދީ ވަޒީރުކަމާއެވެ. ޔޫސުފްގެފާނު ޢިލްމުވެރިކަމާއި ހިލްމުވެރިކަމާއެކު ރަސްކަމުގެ ޚަޒާނާ ފިސާރި މޮޅަށް ބެލެހެއްޓެވިއެވެ. އެގޮތުން ބޮޑެތި […]

މުދާ ހަލާކުވަންދެން ބަހައްޓައި އުކާލުމަކީ އިސްރާފު ކުރުމަށްވުރެ ނުބައިކަމެއް- ހުކުރު ޚުތުބާ

ރަމަޟާން މަހަކީ، ސަވާބާއި ދަރުމައިގެ މަގުތައް ހުޅުވިފައިވާ މަތިވެރި މައްސަރެވެ. ހެޔޮކަމާއި ދަރުމައިގެ ފޯވައްސެވެ. ނަމަވެސް ބައެއް މުސްލިމުންގެ ތެރޭގައި އެމަސް ވެފައި ވަނީ، ކާބޯތަކެތީން އިސްރާފުކުރުން ގިނަ މަހަކަށެވެ. ގިނަ ބާވަތުގެ ކާބޯތަކެތި ތައްޔާރުކޮށް އުކާލާ މަހަކަށެވެ. އިސްރާފުކުރުމަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ރުހިވޮޑިގެންވާ ޢަމަލެއް ނޫންކަމުގައި ވިޔަސް މިއަދު އިންސާނުންނާ ކުރިމަތިވެފައިވާ އިޖްތިމާޢީ ބަލިތަކުގެ ތެރޭގައި އިސްރާފުކުރުން ހިމެނެއެވެ. މިކަން ބޮޑަށް ގުޅިފައިވަނީ ތަނަވަސްކަމާއެވެ. ބައެއްގެ މައްޗަށް ތަނަވަސްކަން އަތުވެއްޖެނަމަ، އިސްރާފުކުރުމުގެ ދޮރުތައް ހުޅުވިގެން […]

ޒީޓައިމްސް ބަދިގެ: ކަށިކެޔޮ ޕޭންކޭކް

ބޭނުންވާތަކެތި: 1 ޖޯޑުބައި ފުށް 2 ބިސް 2 މޭޒުމަތީ ސަމުސާ ހަކުރު ½ ޖޯޑު ގެރިކިރު (ކުޑަޖޯޑެއްގެ) 1 ސައިސަމުސާބައި ބޭކިންގ ޕައުޑަރ 1 ޖޯޑު ކަށިކެޔޮ ( ފުނޑާ ނަރު ފުރާނާފައި ހުރި) ½ ޖޯޑު ދިޔާމިލްކް 1 ޖޯޑު ފެން (ކުޑަޖޯޑެއްގެ) ވަރަށް ކުޑަ އޮރެންޖް ކުލަކޮޅެއް (ކުލަ ރީތިކުރުމަށް) ތައްޔާރުކުރާނެ ގޮތް: ފުށާއި، ކިރު، ހަކުރު، ފެން އެއްކޮށްފައި، ބިސް، ކަށިކެޔޮވެސް އެއްކޮށްފައި ރަނގަޅަށް ގިރާފަ ބޭކިންގ ޕައުޑަރ އަދި ކުލަކޮޅެއްވެސް […]