މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ: އަނެކާއަކީ އެއްވެސް މީހެއް ނޫންކަން ދެއްކުމަކީ ފިރުޢައުނުގެ ސިފައެއް

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ.. ފިރުޢައުނު އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާ ދިޔައިރު އޭނަ ބަނޫ އިސްރާއީލްގެ މީހުންނަށް ދިނީ ކުޑަ އަނިޔާއެއް ނޫނެވެ. އޭނަ އެމީހުންނަށް އުފަންވި ކޮންމެ ފިރިހެން ދަރިއަކު ވަގުތުން މެރިއެވެ. މިކަން ކުރުމަށްޓަކައި ބަނޫ އިސްރާއީލްގެ އަންހެނަކު ވިހެއުމާއެކު ފިރުޢައުނުގެ ލަޝްކަރު އެމީހަކު ހޯދައެވެ. އަދި އެމީހާއަށް ލިބުނީ ފިރިހެން ދަރިއެއްތޯ ބަލައެވެ. އެގޮތުން ފިރިހެން ދަރިއަކު ވިހައިފިނަމަ ވަގުތުން އެކުއްޖާ ގެންގޮސް މެރިއެވެ. މިގޮތަށް ބަނޫ އިސްރާއީލްގެ ދަރިން […]
ޒީޓައިމްސް ބަދިގެ: ތަފާތު މީރު ރަހައެއްދޭ ބަޓާނާ ބޯކިބާ

ބޭނުންވާތަކެތި: މެދުމިނުގެ 3 ބަޓާނާ (ބަޓާާނަޓް ސްކޯޝް) 1 ޖޯޑު ހަކުރު ½ ޖޯޑު ފުށް 1 ބިސް ތައްޔާރުކުރާނެ ގޮތް: ބަޓާނާގެ ތޮށިމަށާށެވެ. އޮށްތައް ނެގުމަށްފަހު ބަޓާނާ ކުދިކޮށް ކޮށާފަ އާވިން މަޑުކޮށްލާށެވެ. މަޑުކުރި ބަޓާނާގައި ފެން ހަރުލާފައި ނެތްކަން ޔަގީންކުރުމަށްފަހު ހަކުރު އަދި ބިސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ބަޓާނާ ހުންނަންވާނީ ސަމުސަލެއް ބޭނުންކޮށްގެން ރަނގަޅަށް ހިމުންކޮށްފައެވެ. އެއަށްފަހު ފުށް އަޅާ ހުރިހާ ބާވަތެއް ރަނގަޅަށް އެއްކުރުމަށްފަހު ތަވާގައި ނުވަތަ އަވަނުން ފިހެލާށެވެ. އުނދުން […]
ފިހާރައަށް ގޮސް އަތުގައިހުރި ފައިސާކޮޅު ހުސްކޮށްލުމުގެ ކުރިން މިކަމަށް ވިސްނާލާ

ގިނަފަހަރު ފިހާރައަކަށް ވަދެލާނީ ބޭނުންވާ މަދުއެއްޗެއް ގަނެލުމުގެ ބޭނުމުގައެވެ. ނަމަވެސް ފިހާރައިން ނިކުންނައިރު އަތުގައިހުރި ފައިސާކޮޅު ހުސްވާވަރަށް އެއްޗެހިގަނެގެން ނުކުންނަތަން ފެނެއެވެ. ބައެއް ފިހާރަތަކަކީ ފިހާރައަށް ވަންނަ މީހުން އެތަނުގައި ގިނައިރު ބޭތިއްބުމަށްޓަކައި އެކި އިންތިޒާމުތައް ހަމަޖައްސާފައިވާ ތަންތަނެވެ. އެގޮތުން ރީތި މިއުޒިކެއް ޖަހާފައި ބެހެއްޓުމާއި ވަންނަ ދޮރުކައިރީގައި މާގަސް ބެހެއްޓުންފަދަ ކަންތައް ކޮށްފައި ހުންނަތަން ފެންނާނެއެވެ. އެއީ ފިހާރައަށް ޒިޔާރަތްކުރާ މީހުންގެ ހިތްހަމަޖެހުމަކަށެވެ. އަދި އެއްޗެހި އަޅަން ބޮޑެތި ބާސްކެޓްތައް ބަހައްޓާފައި ހުރެއެވެ. އެއީ ގިނައެއްޗެހި […]