މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ – މޫސާގެފާނު އަވަހާރަކޮށްލަން ރޭވުން

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ.. ސިހުރުވެރިންގެ މިއިޢުލާނުން ފިރުޢައުނަށް ސިހުމާއި ހައިރާންކަން ލިބުނެވެ. ސަބަބަކީ ފިރުޢައުނުގެ މުޅި ރަސްކަން ސިހުރުވެރިންނަށް ބަރޯސާވެފައި އޮތުމެވެ. އޭނާގެ ޢިއްޒަތާއި ދިފާއު ޖާދޫގަރުން ނެރޭ ނަތީޖާއަށް ބިނާވެފައި އޮތުމެވެ. ފިރުޢައުނު ކަލާނގެ ނަންފުޅުގައި ސިހުރުފެށި މީހުން ސިކުންތުކޮޅަކުން އެމީހުންގެ ވެރި ރައްބުއަށް އީމާންވުމަކީ ފިރުޢައުނަށް ބަލައިގަނެވޭވަރަށްވުރެ މާލަދުވެތިކަން ބޮޑު ފަޟީހަތެކެވެ. ނަތީޖާއަކަށްވީ ގޮތް ހުސްވެފައި ހުރި ފިރުޢައުނު އޭނާގެ ހުއްދައާއިނުލާ ﷲ އަށް އީމާންވިކަމަށްޓަކައި އެމީހުން އެންމެން […]
ޗެރީ ބްލޮސަމްގެ ތަފާތު އިހްސާސެއް

ކޮންމެ އަހަރެއްގެވެސް ފެބުރުއަރީ އިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް މިފެންނަ ރީތި ސަކޫރާ ނުވަތަ ޗެރީ ބްލޮސަމްގެ ރީތިކަން ފެނިފައި ހައިރާންވާވަރުވެއެވެ. އާއްމުކޮށް ޗެރީ ބްލޮސަމް އަކީ ޖަޕާނުގައި ވަރަށް މަޝްހޫރުކަން ލިބިފައިވާ މަލެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު ޗެރީ ބްލޮސަމް ބަލަން އެތައްބަޔަކު ޖަޕާނަށް ޒިޔާރަތް ކުރެވެ. އަޖައިބު ކުރުވަނިވިހާ ރީތ މަލެއްކަމަށް ދެކޭ މީހުންވެސް އުޅެއެވެ. މާތައް ފޮޅިލާފައި އޮންނައިރު އެފެންނަ ޗާލު ކަމަކީ އެހާމެ ހިތްގައިމުކަމެއް ގެނުވާ މަންޒަރެކެވެ. މާލޭގައިވެސް […]