މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ – ހަނަފަސްކަމުގެ ތޫފާން

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ.. މިގޮތަށް އޭނާ ދިގު ޚުޠުބާއެއް ފިރުޢައުނުގެ އަހުލުވެރިންނަށް އިއްވިއެވެ. އެކަމަކު އެމީހުންނަށް އީމާންވި މީހާއަށް އެއްވެސް ގޮތެއް ނުހެދުނެވެ. ﷲ އެމީހާއަށް ހިމާޔަތާއި ރައްކާތެރިކަން ދެއްވިއެވެ. މިމީހާގެ ނަސޭހަތާއި އިންޒާރުގެ ވާހަކަތަކުން ގިނަގުނަ ފިލާވަޅުތައް ލިބެއެވެ. އީމާންކަމުގެ އަހުލުވެރިއަކަށް ވުމަށްޓަކައި އެމީހަކު ނަބިއްޔަކަށް ނުވަތަ ރަސޫލު ބޭކަލަކަށް ވާކަށް ނުޖެހޭކަމެވެ. އީމާންކަމުގެ އަހުލުވެރިޔަކު އަނިޔާވެރިއަކު ދެކެ ބިރުން ފަހަތަކަށް ނުޖެހޭނެކަމެވެ. ސާބިތުކަމާއެކު ޙައްޤު ބަސް ބުނެ ތެދުބަހުން […]
ސަލާމަތްކަމާއިއެކު ސުވަރުގެ ވަންނަން އެދޭ މީހާ ރޭ އަޅުކަން ކުރުމުގައި ދެމިހުރޭ

ރޭގަނޑުގައި ތެދުވުމަކީ އަޅުކަމެކެވެ. މަތިވެރި ކަމެކެވެ. ޝަރަފެކެވެ. ތިބާގެ މޫނުގައި ނޫރެއް ލެއްވޭ ކަމެކެވެ. ސަލާމަތްކަމާއެކު ސުވަރުގެ ވަދެވޭ ސަބަބެއްވެސް މެއެވެ. ރޭ އަޅުކަން ކުރުމުގެ މާތްކަން ބަޔާން ކުރައްވައި ޤުރްއާނުގައި އެތައް އާޔަތެއްގައި އައިސްފައިވެއެވެ. އަދި ރޭ އަޅުކަން ކުރާ މީހުންނަށް ޘަނާ ވަޙީ ކުރައްވާފައިވެއެވެ. ހަމަމިފަދައިން މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅުތަކުގައި އައިސްފައިވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދައި ގައްޔާއި، ޤިޔާމު ގައި މަޑުމޮޅިވެ، އާޚިރަތް ދުވަހަށް ބިރުވެތިވެ، އޭނާގެ […]