މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ: މޫސާގެފާނު އަވަހާރަވުން

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ މޫސާގެފާނު، ﷲ އެކަލޭގެފާނާއި ހަވާލުކުރެއްވި ރަސޫލުކަމުގެ މަސައްކަތްޕުޅު ފުރިހަމަކުރެއްވިއެވެ. ﷲ ރުހިވޮޑިގެންވާ ގޮތަށް އެކަލޭގެފާނުގެ މަސްއޫލިއްޔަތު އުފުއްލެވިއެވެ. އެކަލޭގެފާނު މީސްތަކުންނަށް ތައުރާތު އުނގަންނައި ދެއްވިއެވެ. މޫސާގެފާނު މީސްތަކުންނަށް ދީނުގެ ހުކުމްތައް އޮޅުންފިލުއްވައިދެއްވިއެވެ. އަދި މީސްތަކުންނަށް ﷲ އެންގެވިގޮތަށް ތެދުމަގު ދެއްކެވިއެވެ. މިކަމަށް ދަލީލު ދައްކަނީ ކީރިތި ޤުރްއާންއެވެ. ދެން މޫސާގެފާނު މިދުނިޔެ ދޫކުރައްވައި ﷲ ގެ ހަޟުރަތަށް ވަޑައިގަތުމުގެ ވަގުތު ޖެހުނެވެ. ބުނެވޭގޮތުގައި އެކަލޭގެފާނު އަރިހަށް ﷲ […]
ހޫނު މޫސުމުގައި ސަމާލުކަންދޭންވީ ކަންކަން

ރާއްޖޭގައި އޭޕްރީލް އިން ފެށިގެން ހޫނު މޫސުމުގެ އެންމެ ހޫނުގަދަ ދުވަސްވަރާއި ކުރިމަތިލާން ޖެހެއެވެ. ހޫނުގަދަވާއިރު ގިނަ ފަހަރަށް މީހާގެ ހަށިގަނޑަށް ބައެއްކަހަލަ ބަދަލުތައް އަންނަން ފަށައެވެ. ހަށިގަނޑުގައި ފެންމަދުވެއެވެ. އަވިން ހަންގަނޑު ހަލާކުވާން ފަށައެވެ. ތިރީގައި މިވާ ކަންތައްތަކަށް ސަމާލުކަން ދިނުން މުހިންމެވެ. ހަށިގަނޑަށް ބޭނުންވާވަރަށް ފެން ބޭނުންކުރުން ހަށިގަނޑުން މާބޮޑަށް ފެންމަދުވާނަމަ އެކަމަށް ސަމާލުކަން ދިނުމަށް ރޯދަވީއްލުމަށްފަހު ގިނައިން ފެން ހުންނަ މޭވާ ބޭނުން ކުރެވިދާނެއެވެ. މިގޮތުން ކަރާ، ކިއުކަމްބާ، އޮރެންޖް ފަދަ ބާވަތްތައް […]