މޫދުގައި ހުންނަ ވިނަ، ކެއުމުގައި ބޭނުންކުރުމުން ފައިދާ ލިބޭ

މޫދުގައި ހުންނަ ވިނަ ނުވަތަ 'ސީވީޑްސް' އަކީ ކިހާ މުހިއްމު އެއްޗެއްކަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ. އަހަރެމެންގެ ތެރޭގައި މިއީ ކެއުމަށް އާއްމު އެއްޗަކަށް ނުވި ނަމަވެސް އެހެން ގައުމުތަކުގައި މިވައްތަރުގެ ވިނަ ކައި އުޅެއެވެ. ވިނަ އަކީ މޫދުގައި ހުންނަ ގާތަކުގައި އުފެދޭ އެއްޗެކެވެ. މޫދުވިނަ އާއްމުކޮށް ކައި އުޅެނީ އޭޝިއާގެ ގައުމުތަކުގައެވެ. ތަފާތު ކުލަތަކަކުން އުފެދިފައި ހުރެއެވެ. ރަތްކުލައިން ފެހިކުލައަށް، ފެހި ކުލައިން މުށިކުލައަށް ދެން ކަޅުކުލައަށް ބަދަލުވެފައި ހުންނަ ވިނަވެސް ހުރެއެވެ. […]