އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާ

އެކަމަނާގެ ފުރިހަމަ ނަންފުޅަކީ ޚަދީޖާ ބިންތު ޚުވައިލިދެވެ. ޚަދީޖާ ރަޟިޔަﷲ ޢަންހާ އުފަންވެވަޑައިގަތީ ނަބިއްޔާ އުފަންވެވަޑައިގަތުމުގެ 15 އަހަރު ކުރިން މައްކާގައެވެ. އެކަމަނާއަކީ ޤުރައިޝުވަންހައިގެ މުއްސަދިންގެ ތެރޭގައި ހިނމެނިވަޑައިގަންނަވާ ކަނބަލެކެވެ. ޤުރައިޝުންގެ ޤަދަރުވެރި މުއްސަދިން އެކަމަނާގެ ކައިވެންޏަށް އެދިވަޑައިގަތެވެ. ނަމަވެސް އެކަމަނާ ވަނީ ނަބިއްޔާއާއި ކައިވެނި ބައްލަވައިގެންފައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާގައި ބޮޑުފުޅުވަމުން އައިއިރު އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި، ތެދުވެރިކަމަކީ މަޝްހޫރުވަމުން ދިޔަ ވާހަކައެކެވެ. މައްކާގެ އަހުލުވެރިން އެކަލޭގެފާނަށް އަމީނެއްކަމުގެ ލަޤަބު ދެއްވިއެވެ. އެ ޚަބަރު […]