ނޫސްވެރިކަމުގެ މިނިވަންކަން ހެޔޮގޮތުގައި ހިފަމާ!

މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ދުވަހުގެ ތަހުނިޔާ މިދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް އަރިސްކުރަމެވެ. ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ބައެއް ނޫސްތަކުން އެންމެ އަވަހަށް ޚަބަރު ގެނެސްދިނުމުގެ ބޭނުމުގައި ތެދު މައުލޫމާތު އާންމުކުރުމަށް ސަމާލުކަންދޭ މިންވަރު ކުޑަވުމެވެ. ޚަބަރާއި މައުލޫމާތު އާންމުކުރާއިރު ހަގީގަތް އޮޅުވައިލައިގެން ނުވާނެއެވެ. މީޑިއާގެ ކޮންމެ ވަސީލަތެއްގައި އާންމުކުރާ މައުލޫމާތެއްވެސް ވާންވާނީ ތެދު މައުލޫމާތަށެވެ. ދިވެހި މީޑިއާ އިން […]