ވަކިވީ އަސަރާއި މަންޒަރު (ފުރަތަމަބައި)

ޒުވާން އުމުރެވެ. ޒުވާން ކަމުގެ ލެއެވެ. ހަށިގަނޑުން ރީތި ހިމަތޮޅި ފިރިހެނެކެވެ. ސްކޫލުުގައި އުޅުނު އިރު މުޅި ސްކޫލަށް ވެސް މަޝްހޫރު ޒުވާނެކެވެ. ނަމަވެސް އެހެން ކުދިންނާއި އަހަރެންގެ މިޒާޖް ތަފާތީކަން ނޭނގެއެވެ. އަހަރެން އެހެން ކުދިން އުޅޭހެން ގިނައިން ބޭރުގައި ނޫޅެމެވެ. ސްކޫލް ނިމުމާއި އެކު ގެއަށް އަންނަނީއެވެ. ބައެއް ކުދިން އެކަމަށް ޖޯކް ޖަހަމުން ދިޔަ ނަމަވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެން އުޅެންވީ ގޮތް އެނގޭނީ އަހަރެންނަށެވެ. އަހަރެންގެ ރިމޯޓް އެހެން މީހަކަށް […]