ގިނަ ދަރިން ތިބޭ ބޮޑު އާމްދަނީ ނުލިބޭ ބެލެނިވެރިންނާއިމެދު ސްކޫލުތަކުން ވިސްނާނީ ކޮންއިރަކުބާ؟

އަޅުގަނޑަށް އައި ފޯނުކޯލެކެވެ. އެދުނީ މި މައުޟޫއަށް ރިޕޯޓެއް ލިޔެ ދިނުމަށެވެ. ހިއްސާކުރީ ސްކޫލުގައި ފާހަގަކުރާ އެކި ދުވަސްތަކުގައި ބެލެނިވެރިން އަތުން ބޮޑު ޚަރަދެއް ކުރަންޖެހޭތީ އެކަމުގެ ކަންބޮޑުވުމެވެ. މިއީ އެތައް ބެލެނިވެރިންގެ ޝަކުވާއެކެވެ. ސޯޝަލް މީޑިއާ ބަލާލުމުން މިކަމުގެ ކަންބޮޑުވުން ފާޅުކުރާ މީހުން ގިނަކަން ފާހަގަވެއެވެ. ކުޑަކުދިންގެ ދުވަހާއި މުދައްރިސުންގެ ދުވަހަކީ ސްކޫލުތަކުގައި ކުލަގަދަކޮށް ފާހަގަކުރާ ދުވަސްތަކެކެވެ. އަދި ސްކޫލުގެ އަހަރީ ދުވަހާއި ކޮންސެޓް އަދި ސްޕޯޓްސްޑޭ ފަދަ އެކި ކަންކަމަށް ބެލެނިވެރިން ހޭދަކުރަންޖެހޭވަރު ވަރަށް […]