ބަނޑުހައިކަމާ ވަރުބަލިކަމާއި ފެންބޮވައިގަނެފައިވާ ހާލު ފަންސާސްހާސް އަހަރު ހޭދަކުރަންޖެހޭ ދުވަސް

ޤިޔާމަތް ދުވަހުން ހުރިހައި އިންސާނުން މަޙުޝަރުގެ މައިދާނަށް ޖަމަޢު ކުރައްވައެވެ. މަޙުޝަރުގެ މައިދާނަށް އިންސާނުން އެއްކުރައްވަނީ ހިސާބު ބެއްލެވުމަށްޓަކައެވެ. އެއީ ޙިސާބު ބެއްލެވުމުގެ މައިދާނެވެ. މި މައިދާނަށް ދިއުމަށްޓަކައި އިންސާނުން އަލުން ދިރިގެންދާނެއެވެ. ކުރީގެ އުއްމަތްތަކުގެ މީހުންނާއި ފަހުގެ މީހުންނެވެ. ހުރިހައި އިންސާނުން ކައްވަޅުން ތެދުވެ މަޙުޝަރުގެ މައިދާނަށް ދާ ގޮތް ސިފަ ކުރައްވައި ކީރިތި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ. (ثم يُرْسِلُ اللهُ مَطَرًا كأنه الطَّلُّ ، فيَنْبُتُ منه أجسادَ الناسِ، […]