ވަކިވީ އަސަރާއި މަންޒަރު (ދެވަނަބައި)

ދެމީހުންވެސް ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ. ކައިވެނި ނުކޮށް ގިނަ ދުވަހު ތިބުން އެއީ ދެމީހުންވެސް ބޭނުންވި ގޮތެއް ނޫނެވެ. ޖެހިގެން އައި ދުވަހުގެ ރޭ އަލީފާ ފުރީ އޭނަގެ ރަށަށް ދާށެވެ. ވަޒީފާގައި އުޅޭތީވެސް ދާން ޖެހޭނެތާއެވެ. ނަމަވެސް ވީހާވެސް އަވަހަކަށް އަނެއްކާވެސް މާލެ އަންނަ ގޮތަށެވެ. ކައިވެނީގެ ކަންތައް ހަމަޖެއްސުން އަހަރެންނާއި ހަވާލު ކުރިއެވެ. ނަމަވެސް އަލީފާ ބޭނުންވީ އޭނަގެ ރަށުގައި ކައިވެނީގެ ހަފްލާ ބޭއްވުމަށެވެ. އަހަރެންގެ އާއިލާގެ މީހުން އެރަށަށް ދާ […]