ލޯބިވާ މަންމައިން ތިޔަ އުފުލާ ބުރައާއި ކުރަމުންދާ ހިތްވަރަށް ސާބަސް!

ކުޑަދަރިފުޅު މި ދުނިޔެއަށް އުފަންވާ ވަގުތަކީ އެ ދަރިފުޅުގެ އިންތިޒާރުގައި ވަރަށް ގިނަ މީހުން ތިބޭ ޚާއްސަ ވަގުތުކޮޅެކެވެ. އެ ވަގުތުކޮޅު އެންމެ ޚާއްސަވަނީ އެ ދަރިފުޅުގެ ލޯބިވާ މައިންބަފައިންނަށެވެ. ޚާއްސަކޮށް މަންމައަށެވެ. ބަނޑުބޮޑުވިކަން އެނގޭ ހިސާބުން ތަފާތު ތަކުލީފުތަކާއި ވޭން އުފުލާ، ދަރިފުޅުގެ އިންތިޒާރުގައި ހުރި އެ މަންމަގެ މައިކުލުނަކީ ލިޔުމުން ބުނެދެވޭ ވަރަށްވުރެ ޚާއްސަ ކުލުނެކެވެ. މައިންގެ ހިތުގައި ދަރިންނާމެދު އެ އޮންނަ ލޯތްބަކީ އެ ދަރިފުޅުގެ ހިތުގައި ޖައްސަން ބޭނުންނުވެ އުފަލުގައި އަބަދަށް […]