ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް- ހުކުރު ޚުތުބާ

މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާއުގެ އަރިހުން ރިވާވެގެންވެއެވެ. އެއްދުވަހަކު މީހަކު ރަސޫލާ ﷺ ގެ އަރިހަށް އައިސް ދެންނެވިއެވެ. "އަޅުގަނޑަށް ސުވަރުގެ ވައްދަވާނެ އަމަލެއް ދައްކަވައި ދެއްވާނުތޯއެވެ". އެހިނދު ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. މާނައީ: "ތިބާ ރުޅި ނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ވަދެވޭހުއްޓެވެ". ރަސޫލާ ﷺ ގެ މި ބަސްފުޅުތަކުން އަހަރެމެންނަށް މި ގޮވައިލައްވަނީ، ރުޅި މަޑުކުރުމަށާއި، ރުޅިވެރިކަން އުފެދިދާނެ ސަބަބުތަކާ ދުރުހެލިވުމަށެވެ. ރުޅި މަތަކުރުން މިހާ މުހިއްމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް […]