ވަކިވީ އަސަރާއި މަންޒަރު (ތިންވަނަބައި)

ނަސީބަކުން އެއްވެސް ކަމެއް ކުރިމަތި ނުވެއެވެ. ކޮޓަރި ބޭރުން ވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަހަރެންގެ އަނބިމީހާ ވީތަނެއްވެސް ނޭނގެއެވެ. އަދި ބައްދަލު ވާނެ އިރެއްވެސް ނޭނގެއެވެ. މިއީ މިރަށުގެ މީހުންގެ ސަގާފަތެއް ބާއޭ ހިތަށް އެރިއެވެ. އެކި ޚިޔާލު ތަކުގައި އޮއްވާ އަހަރެންނަށް ނިދުނު އިރެއްވެސް ނޭނގެއެވެ. އަހަރެންނަށް ހޭލެވުނީ ކޮޓަރީގައި މީހަކު ޓަކި ޖަހައިލި އަޑަށެވެ. މަޑުމަޑުން ގޮސް ދޮރު ހުޅުވައިލީމެވެ. ކުރިމަތީގައި ހުރީ އަހަރެންގެ ލޯބިވާ އަނބިމީހާ އަލީފާއެވެ. އަހަރެންގެ ހިތް އުފަލުން […]