އިސްތަށިތައް ނުރަވާން ދިމާވާ ސަބަބުތައް އަދި އޭގެ ހައްލު

ބޮލުގެ އިސްތަށިތައް ނުރަވާތީ ކަންބޮޑުވާ މީހުން އުޅެއެވެ. ބައެއް މީހުންގެ އުމުރުން 20 އަހަރުގައިވެސް އިސްތަށިތައް ނުރަވާން ދިމާވެއެވެ. އިސްތަށިތައް ނުރަވަނީ "މެލަނިން" ކިޔާ މާއްދާއެއް މަދުވުމުންނެވެ. އާއްމުގޮތެއްގައި އުމުރުން ދުވަސްވާވަރަކަށް "މެލަނިން" ގެ މާއްދާ ހަށިގަނޑުގައި އުފެދޭ މިންވަރު މަދުވެއެވެ. އެހެންނަމަވެސް ޒުވާންއިރުގައި ބައެއް މީހުންގެ ހިތަށް އަރައެވެ. އޭނާއަށްވުރެ އުމުރުން ދުވަސްވެފައި ތިބޭ މީހުންނަށްވުރެ އޭނާގެ އިސްތަށިގަނޑު ނުރަވަނީ ކީއްވެގެންބާވައެވެ. އެކަމާ ލަދުގަނެ ބައެއް މީހުން އެކަމަށް ހައްލު ހޯދުމުގެ ގޮތުން ބޮލުގައި ކުލަޖައްސައެވެ. […]