މުރާކި: ސިއްހީ ފައިދާ ގިނަ އެކަމަކު ކެއުމުގައި ވިސްނަންޖެހޭ!

މުރާކި ގަހަކީ 1.5 މީޓަރުގެ އުސްމިނުގައި ހެދޭ ފަތުގެ ދިގުމިނުގައި 9.7 އަދި ފުޅާމިނުގައި 8.1 ސެންޓިމީޓަރު ހުންނަ ފަތުގެ މަތީބައިގައި ގަދަފެހި އަދި ތިރީގައި މަޑުފެހިކުލައަކަށް ހުންނަ ގަހެކެވެ. މި ގަހުގައި އަޅާ މާ ހުންނަނީ ރަނގަބީލެއްގެ ބައްޓަމަށެވެ. މިގަހުގައި އަޅާ މޭވާގައި ލާނީ ހުތް ފޮނި ރަހައެވެ. މުރާކި ދޮންނުވާއިރު ހުންނަނީ ފެހި ކުލައިގައެވެ. ދޮންވުމުން ހުންނަނީ މަޑު އޮރެންޖް ކުލައަކަށެވެ. ދިވެހިން މުރާކި ކައިއުޅޭނީ ހުހަށެވެ. ނަމަވެސް ބައެއްފަހަރު ބޭރު ގައުމުތަކުގައި ސެލަޑް […]