ވަކިވީ އަސަރާއި މަންޒަރު (ހަތަރުވަނަބައި)

އުފާވެރި ދުވަސްތަކަކަށްފަހު އަލީފާމެންގެ ރަށުން އަހަރެމެން ފުރާ ދުވަސް ޖެހުނީއެވެ. އަހަރެން ދިރިއުޅެމުންދާ މާލެއަށެވެ. އަހަރެން އަލީފާމެންގެ ރަށަށް ދިޔައީ މާލެއިން ދިރިއުޅޭނެ ތަނެއް ކުއްޔަށް ހިފާފައެވެ. އަދި އެނބުރި މާލެ އައިސް ކުރާނެ އެއްވެސް ކަމެއް ނުބަހައްޓަމެވެ. ހުރިހާ ކަމެއް ނިންމާފައި ދިޔުމުން ވީ ފަސޭހަ އިހުސާސްވީ މާލެ އާދެވުމުންނެވެ. މާލެ އައިސް އަލީފާ ބަދަލުވީ ޕްރައިވެޓް އޮފީހަކަށެވެ. މާލެ އައުމާއެކު ދެމީހުންވެސް ލަސްނުކޮށް ވަޒީފާއަށް ނިކުތީމެވެ. ޗުއްޓީ އެއްކޮށް ހުސްކޮއްލަން ބޭނުން ނުވާތީއެވެ. އަލީފާ […]