ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ބާވަތުގެ ކުކުޅު

ކުކުޅުގެ ވާހަކަ ދައްކާއިރު ދުނިޔޭގައި ކިތައް ވައްތަރުގެ ކުކުޅު އުޅޭކަން އެނގޭބާ؟ ކުކުޅުތަކުގެ ތެރޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުތަކުގެ ކުކުޅުވެސް އުޅެއެވެ. ދުނިޔޭގައި އެންމެ މަދުން ފެންނަ ވައްތަރުތަކުގެ ތެރެއިން 5 ވައްތަރެއްގެ ކުކުޅާއި ގުޅޭ މައުލޫމާތު ހިމަނާލާނަމެވެ. ޑޮންގ ޓައޮ ޗިކަން މިއީ މުޅި ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ކުކުޅެކެވެ. މިއީ ތަންކޮޅެއް ފަލަކޮށް ވަރުގަދަކޮށް ހުންނަ ވައްތަރެއްގެ ކުކުޅެކެވެ. އެހެން ކުކުޅުތަކާ އަޅާބަލާއިރު ފައިވެސް ތަފާތުވެފައި ފަލައެވެ. […]