ދޮގުވެރިކަމަކީ ދޮގުހަދާމީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެއް- ހުކުރު ޚުތުބާ

ބަސްމޮށުންތެރިކަމަކީ ﷲ ސުބްހާނަހޫ ވަތަޢާލާ އަހަރެމެންނަށް ދެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ. ނަމަވެސް އެއީ ދެމިޔަލީ ކަނޑިއެއްފަދަ ހަތިޔާރެކެވެ. މާތް ﷲ ދެއްވި ކޮންމެ ނިޢުމަތެއްވެސް ބޭނުންކުރަންވާނީ ތިމާއަށާއި، މުޖުތަމަޢަށް ފައިދާ ލިބެނިވި ގޮތަކަށެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވެއެވެ. މާނައީ: "ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ ފަހެ ހެޔޮބަސް ބުނާށެވެ! ނުވަތަ ހަނުހުންނާށެވެ!" އިންސާނުންނަށް އެމީހުންގެ ހަޔާތް ބިނާކުރުމަށް އަންގަވާފައިވަނީ ހައްޤުގެ މަތީގައެވެ. ހައްޤުނޫން ބަހެއް ނުބުނުމަށާއި، ހައްޤު ނޫންކަމެއް ނުކުރުމަށް މާތްﷲ އެމީހުންނަށް އަންގަވާފައިވެއެވެ. […]
ޒީޓައިމްސް ބަދިގެ: ރާނބާ ވިތް ނެސްލޭ ކްރީމް ޕުޑިންގ

ބޭނުންވާތަކެތި: 200ގ ކޯންފްލަރ 1500 އެމްއެލް ދިޔާކިރު 350ގ ހަކުރު ½ ޖޯޑު ގެރިކިރު 1 ޖޯޑުބައި ނެސްލޭ ކްރީމް 6 ރާނބާފަތް ތައްޔާރުކުރާނެ ގޮތް: ރާނބާފަތް ކޮށާލުމަށްފަހު މިކްސަރަށް އަޅާފައި ފެންފޮދެއް އެއްކޮށްގެން ރަނގަޅަށް ގިރާލާފައި ފުރާނާލާށެވެ. ކިރާއި ހަކުރު އެއްކޮށް ތެއްޔަކަށް އަޅާފައި އުނދުންމައްޗަށް އުދާލާށެވެ. ހަކުރު ވިރެންދެން މަޑުގިނީގައި ދޭފަތުން އެއްކުރަމުން ކައްކާށެވެ. ކޯންފްލަރކޮޅު ވަރަށް އޮލަކޮށް ކުޑަފެންފޮދެއްގައި ރަނގަޅަށް ގިރާފައި މަދުމަދުން އަޅަމުން ދޭފަތުން އަވަސްއަވަހަށް އެއްކޮށްލާށެވެ. ކެކިރޯފިލުމުން ކްރީމް ކޮޅާއި […]