ވާހަކަ: އާދޭސް (ފުރަތަމަބައި)

އެނދުން ތެދުވެ ވަށައިގެން ހޯދާލީ އެއްޗެއް ވެއްޓުނު އަޑަށެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުފެނުމުން އަރޫމާ ގޮސް އެނދުގައި އޮށޯވެލީ އެއީ އަރޫމާއަށް ހީވި ގޮތް ކަމަށް ހިތައެވެ. ނަމަވެސް ދެވަނަ ފަހަރަށް ވެސް އެއަޑު ތަކުރާރުވިއެވެ. މިފަހަރު ކޮޓަރިން ބޭރުންނެވެ. އަރޫމާ ބާރު ބާރަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވައި ބަލައިލިއިރު ބޭރުގައިވެސް އެއްވެސް މީހަކުފެންނާކަށް ނެތެވެ. އަރޫމާ ހުރީ ބިރުން ތުރުތުރު އަޅައެވެ. "މަންމާ.މަންމާ" އަރޫމާ ގޮސް މަންމަގެ ކޮޓަރީގައި ތަޅަން ފެށިއެވެ. "ކިހިނެއްވީ […]