މާލެ އޮޕްޓިކަލް ހުވަދޫ މަދަހަ ޗެލެންޖް 1444: ކާމިޔާބު މުބާރާތަކަށްފަހު ތައްޔާރުވަނީ ބޮޑު މުބާރާތަކަށް!

މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ހުވަދޫ މީޑިއާއިން އޮންލައިންކޮށް ކުރިއަށްގެންދިޔަ "މާލެ އޮޕްޓިކަލް ހުވަދޫ މަދަހަ ޗެލެންޖް 1444" މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މަދަހަ މުބާރާތެކެވެ. 100 އަށް ވުރެ ގިނަ ބައިވެރިން ވާދަކުރިއިރު މީގެތެރޭގައި ހިމެނެނީ ރާއްޖޭގެ އެކި ރަށްރަށުގެ ތަފާތު އުމުރުގެ މީހުންނެވެ. ގިނައީ ކުޑަކުދިންނެވެ. މި މަދަހަ މުބާރާތުގެ 1 ވަނަ އަށް ދިޔަ ފަރާތަށް އިނާމަކަށް ހުށަހަޅާފައިވަނީ 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ. ޖަޖުންގެ 75 އިންސައްތަ […]
ބުޅާ ގެންގުޅޭ މިމީހާ ޢީދުގައި 61 ބުޅާ ބައިވެރިކުރި ވާހަކަ

މެލޭޝިއާ އަށް އުފަން އުމުރުން 32 އަހަރުގެ ރަޒެއިލިއާ ނޯ ސާފިރް އަކީ ބުޅަލަށް ޚާއްސަ ލޯތްބެއް ޖެހިފައިވާ 61 ބުޅާ ބަލަހައްޓަމުން އަންނަ ޒުވާނެކެވެ. މިއީ 'ޕެޝަން'އެއްގެ ގޮތުން ކުރިކަމުގައިވިޔަސް އެހާ ފަސޭހަ ކަމަކަށް ނުވާނެކަން ޔަގީނެވެ. ކޮންމެ ދިރޭއެއްޗެއް ގެންގުޅުނު ކަމުގައިވިޔަސް އަޅާލުމާއި ލޯބި އަދި ވަގުތުވެސް ދޭންޖެހެއެވެ. މިކަން ކުރަނީ ހަމަގައިމުވެސް ފޫހި ފިލުވާލުމަކަށް ނޫނެވެ. ބުޅަލަށް ދެވިފައިވާ ލޯބި ޚާއްސަވެފައި މުހިއްމުވީމައެވެ. ރާއްޖޭގައިވެސް ބުޅާ ގެންގުޅޭ މީހުން ކުރިއާއި އަޅާބަލާއިރު ވަރަށް […]