ނިކަމެތިން މުޅި އުމުރަށް ރައްކާކުރި ފައިސާއިން އުފަލުގައި އުޅެނީ މަހުޖަނުން!

ޒަމާނުއްސުރެ މާލޭގައި ދިރިއުޅެމުން އަންނަ ގިނަ މީހުންނަކީ ދަތި ހާލުގައި އާއިލާއާއެކު ކުއްޔަށް ދިރިއުޅެމުން އައި ބައެކެވެ. ރަށްރަށުގައި ރަނގަޅު ތަޢުލީމެއް، ވަޒީފާގެ ފުރުސަތެއް، ސިއްޙީ ފަރުވާއެއް ނެތިގެން މާލެ ބަދަލުވި އެތައް އާއިލާއެއް އެބައުޅެއެވެ. ރެއާއި ދުވާލު ކުރި މަސައްކަތުން އެއްކުރެވުނު ފައިސާކޮޅުން ބެލީ ދާއިމީ ބޯހިޔާވަހިކަމެއް ލިބޭތޯއެވެ. ބޯހިޔާވަހިކަމެއްގެ އިންތިޒާރުގައި ތިބި އާއިލާތަކަށް ހުޅުމާލެ ފެނުނީ ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ. އަސްތާ ކަމަކުދާކަށް ނެތެވެ. ސޯޝަލް މީޑިއާ އަށް ވަންނަ ކޮންމެ ފަހަރަކު މި […]