ފޮޓޯ: ކާށިދޫ ބައު ހުކުރު މިސްކިތް

މިއީ ކ. ކާށިދޫ އަށް 'ޒީޓައިމްސް' އިން ކުރި ދަތުރުގައި ނަގާފައިވާ ފޮޓޯތަކެކެވެ. ދިވެހި ރާއްޖޭގެ އާސާރީ ތަރިކައިގެ ވަގުތީ ދަފްތަރުގައި ކާށިދޫގެ ބައު މިސްކިތުގެ ނަން ހިމަނާފައިވިއަސް އެއްވެސް ތަފްސީލީ މައުލޫމާތެއް ހިމަނާފައެއް ނުވެއެވެ. މިމިސްކިތުގެ އެތެރެ ހުރީ ވަރަށް ބޮޑަށް ކޮނެފައެވެ. ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި މިސްކިތް ކޮނުނުއިރު އިތުރު ސްޓްރަކްޗަރއެއް ފެނުމުން ވަނީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން އެންގި ގޮތަށް މިސްކިތަށް އިތުރު ބަދަލެއް ނުގެނެސް ބަހައްޓާފައެވެ.