ލޯނު ނަގައިގެން ކައިވެނީގެ ހަފްލާ ކުލަގަދަކޮށް ބޭއްވުމުން އުޅެންްޖެހުނު ހިތްދަތި ހާލަތު

ކައިވެންޏަކަށް ތައްޔާރުވާއިރު ވާންޖެހޭ ތައްޔާރީތައް ވަރަށް ގިނައެވެ. މިޒަމާނުގައި ކައިވެންޏަކަށް ޚަރަދުކުރާ ފައިސާވެސް އެހާމެގިނައެވެ. ހަމައެކަނި ޕާޓީއެއް ބޭއްވުމަށްޓަކައި ދާނެ ޚަރަދުވެސް ވަރަށް ބޮޑެވެ. އަދި ދިރިއުޅޭނެ ތަނަކާއި އެތަނަކަށް ކުރަންޖެހޭ ޚަރަދުވެސް ފުދޭވަރަކަށް ބޮޑެވެ. މިޒަމާނުގައި ޚަރަދުތަކަކީ 2 މީހުންގެ މައްޗަށް ބަހާލައިގެން ކުރާ ޚަރަދުތަކެއް ކަމުގައިވިޔަސް ގިނަ ފަހަރަށް ބޮޑު ޚަރަދު ކުރަނީ ފިރިހެން މީހާއެވެ. ސަބަބަކަށް ވަނީ ދިރިއުޅުމުގެ ޒިންމާ އެޅިފައި އޮންނަނީ ފިރިހެންމީހާގެ ބޮލުގައެވެ. ކައިވެނިކުރާ ހަފްލާގައި ރީތި ވެޑިން ޑްރެސްއެއް […]