މައުލޫމާތު: ކެޔޮޅުރޮއްވިމަސް އެނގެނީ ކޮންބަޔަކަށް؟

ކެޔޮޅުރޮއްވިމަހަކީ އާންމުގޮތެއްގައި 25 ސެންޓިމީޓަރަށް ބޮޑުވާ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށި އަދި ބަނޑުދަށްފަރާތުގެ ކޮތަރިބައިގައި 8 ހަރުކަށި އަދި 3 މަޑުކަށި ހުންނަ 1 މީޓަރާއި 120 މީޓަރާ ދެމެދު ފުންމިނުގައި ދިރިއުޅޭ ރަތްމަސް އާއިލާއަށް ނިސްބަތްވާ މަހެކެވެ. ކުދިކުދި ދަތްތަކެއް ހުންނަ މިމަސް ކައިއުޅޭނީ ފަރުމަތީގައި އުޅޭ ކުދިމަސްމަހާއި ކަކުނި ބާވަތުގެ އެއްޗެއްސެވެ. މިމަހުގެ ކުލައަކީ ނޫ އަދި އަޅިކުލައެވެ. ނަމަވެސް ފެންނަން ހުންނަނީ ވައިލެޓްކުލައާއި ގާތްކުރާ ކުލައެއްގައެވެ. މިމަސް ދިރިއުޅެނީ ފަރުތަކާއި ފަޅުތަކުގައެވެ. […]