ރަސްދޫގައި އިތުރު 100 ޓަނުގެ އާރު.އޯ ޕްލާންޓެއް ސްޓެލްކޯއިން ބެހެއްޓުން

އއ. ރަސްދޫގެ އިތުރުވަމުންދާ ފެނުގެ ޑިމާންޑަށް ކޭޓާ ކުރުމަށާއި، ރަސްދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި، އެރަށުގައި އިތުރު 100 ޓަނުގެ އާރު.އޯ ޕްލާންޓެއް ސްޓެލްކޯއިން ވަނީ ބަހައްޓާފައެވެ. މި ޕްލާންޓާއެކު، ރަސްދޫގެ ފެން އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ 160 ޓަނަށް ވަނީ އިތުރު ކުރެވިގެން ގޮސްފައެވެ. މި ޕްލާންޓަކީ ސްޓެލްކޯގެ މުވައްޒަފުން އޭގެ ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ މި […]
ހަރުދަނާ ދިރިއުޅުމަކަށް ދެކޭގޮތް ނުވަތަ ނަޒަރިއްޔާތު ބައްޓަންކުރާނެ ގޮތްތައް

މިއަދުގެ މަޢުޟޫއެއްގެ ގޮތުގައި ލިޔެލަން ގަސްދުކުރީ އަހަރުމެން އެންމެން ކަންކަމާއިމެދު ދެކޭގޮތް ނުވަތަ ނަޒަރިއްޔާތުތަކަކީ ދިރިއުޅުމުގެ ކަންކަމާއި ހާލަތުތަކާއި ގުޅުންތަކުގެ ބަދަހިކަން ނުވަތަ ހީނަރުކަން ދިމާވާ ކަންކަމުގެ މައްޗަށެވެ. ސްޓެރެސް، އެންޒައިޓީ އަދި ޑިޕްރެޝަންއަށް ދިއުމަށް މަގުފަހިވާ ސަބަބުތަކުގެ ތެރެއިން ދެކޭގޮތް ނުވަތަ ނަޒަރިއްޔާތު ހިމެނެއެވެ. އެހެންކަމުން މިކަމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެއްކަން ފާހަގަ ކޮށްލަމެވެ. ދެކޭގޮތް ނުވަތަ ނަޒަރިއްޔާތު: އާއްމުގޮތެއްގައި އަހަރުމެންގެ ވިސްނުމާއި ޚިޔާލާއި ފިކުރުތަށް ތަރުތީބުކޮށް ރާވާލާއިރު ލިބިފައިވާ ތަޢުލީމާއި، ތަޖްރިބާއާއި އުޅޭ މާހައުލާއި […]