އައި ކެން ރީޑް: ކުޑަކުދިންނަށް ޚާއްސަ ފެންވަރު ރަނގަޅު ފޮތް އަގުހެޔޮކޮށް!

ޅައުމުރުގައި ކުދިންނަށް ކިޔަން ދަސްކޮށްދިނުމަކީ ތައުލީމީ ނަތީޖާ ރަނގަޅުކުރުމުގެ ބިންގާއެވެ. ގްރޭޑްތަކުގެ ކުރީކޮޅު ކިޔުމުގެ ފެންވަރު ރަނގަޅުނޫން ކުދިންނަށް ގިނަ ފަހަރަށް ކިޔެވުމުގެ ތެރެއިން ދަސްކުރާ ކުރިއަރާފައިވާ އިތުރު ހުނަރުތައް ތަރައްގީ ކުރުމަށް އުނދަގޫތަކާ ކުރިމަތިވެއެވެ. ޗާޕްކޮށްފައިވާ މައުލޫމާތު ވިސްނައި، ލިޔެފައިވާ އިރުޝާދުތަކަށް ތަބާވެ، ލިޔުމުން ރަނގަޅަށް މުއާމަލާތް ކުރެވޭ ކުޑަކުދިންނަށް ފަހުގެ ގްރޭޑްތަކުގައި ފައިދާހުރި ގޮތެއްގައި ކިޔެވޭކަން އެކިއެކި ދިރާސާތަކުން ދައްކައެވެ. ކުޑަކުދިންނަށް އެކުދިންގެ އުމުރާއި ގުޅޭގޮތުން ރަނގަޅު މައުލޫމާތުތައް ލިބޭ ފޮތްތައް ކިޔަން ދިނުމަކީ […]
ތިޔަ ކައިވެނީގައި ދިރިއުޅެނީ މަޖުބޫރުވެގެންތަ؟

ފިރިމީހާއާއެކު ދިރިއުޅެނީ ލޯބިވެގެން އުޅެން ބޭނުންވެގެންހެއްޔެވެ؟ ދިރިއުޅެނީ އުފަލުގައިތަ ނޫނީ އުޅެން މަޖުބޫރުވެގެންތަ؟ މިއީ ހިތާއިހިތާ އުފެދިދާނެ ސުވާލެކެވެ. ބައެއް ދިރިއުޅުމަކީ އެއްފަރާތުން ލޯބިވެގެން ނުވަތަ މަޖުބޫރީ ހާލަތެއް އޮވެގެން އުޅޭ ދިރިއުޅުމެކެވެ. އަނބިމީހާ ކިތަންމެ ލޯބިވީ ކަމުގައިވިޔަސް ފިރިމީހާގެ ފަރާތުން ލޯތްބާއި އަޅާލުން ނުލިބޭނަމަ އެއީ ދިރިއުޅުމަކަށްވޭބާވައެވެ. ނުވަތަ ތިމާ ބޭނުންވާ "މުއްސަނދި ދިރިއުޅުމެއް" ލިބިފައިވާނަމަ ފިރިމީހާ ލޮލަށް ނުފެނުނަސް ވަރިހަމަ ހެއްޔެވެ؟ މިއީވެސް ދިރިއުޅުމުގެ ވައްތަރެކެވެ. އެއްފަރާތުން ލޯބިވިޔަސް އެއީ ލޯތްބަކަށް ނުވެއެވެ. ލޯތްބަކީ […]