ދުނިޔަވީ ޙަޔާތުގައި އަޅުތަކުންނާ ބައްދަލުކުރާ އެންމެ މަތިވެރި ދުވަސްތައް

މާތްﷲ ޞުބުޙާނަހޫ ވަތަޢާލާވަނީ އެކަލާނގެ އަޅުން ހެޔޮ ޢަމަލުތައް ކުރުމުގައި ހީވާގި ކުރުމުގެ މަޤްޞަދުގައި ޚާއްޞަ ދުވަސްތަކެއް ލައްވާފައެވެ. އެ ދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް އެހެން ދުވަސް ދުވަހަށްވުރެ މަތިވެރި ކުރެއްވިއެވެ. ޘަވާބާއި ދަރުމައިގެ ގޮތުން އިތުރު ކުރެއްވިއެވެ. އެހެން މަސްމަހުގައި ނުވަތަ އެހެން ދުވަސްތަކުގައި ކުރާ އަޅުކަންތަކަށްވުރެ އެ ދުވަސްތަކުގައި ކުރާ އަޅުކަންތަކުގެ ޘަވާބު އިތުރުވެގެންވެއެވެ. މިގޮތުގެ މަތިން މި ދުނިޔޭގައި ލައްވާފައިވާ އެންމެ މަތިވެރި ދުވަސްތަކަކީ ހައްޖު މަހުގެ ދިހަ ދުވަހެވެ. ބައެއް […]