ވާހަކަ: އާދޭސް (ހަތަރުވަނަބައި)

އަރޫމާ ލަސްވެގެން މަންމަ ހިނގާލަ ހިނގާލަ ހުއްޓެވެ. މަންމަ ބޭނުންވަނީ އަރޫމާވެސް ގޮވައިގެން ދާށެވެ. އެންމެ ފަހަރަކު ނަމަވެސް އެމީހުންގެ މޫނު ދެކިލާށެވެ. ކުރަމުން ދިޔަ އުންމީދު ފެނަށް ވާކަށް ނޭދޭތީއެވެ. ބަލިހާލު ޖެހުނު ދުވަހު އެމީހުން ދޫކޮށްނުލާކަން އެމީހުންނަށް އަންގަން ބޭނުންވެއެވެ. އެހެންނޫނިއްޔާ އެމީހުން ރަނގަޅުވާ ދުވަހަކުން އަރޫމާގެ އާއިލާ ދޫކޮއްލަފާނެތާއެވެ. އެންމެފަހުން އަރޫމާ ނިމުނީމަ ގޮވައިގެން މަންމަ ހިނގައިގަތީ އަތިރި މަގުންނެވެ. އަވަހަށް ސިއްޚީމަރުކަޒަށް ދެވޭނީ އެމަގުން ކަމަށް ވާތީއެވެ. އެހިސާބަށް ދެވުނުއިރު ސިއްޚީމަރުކަޒު […]