ހިކެން ބޭނުންވާ މީހުންނަށް މި ކުޅިވަރުތައް ކުޅެވިދާނެ!

ކަސްރަތުކުރުމާއި ދުވަންދިއުމަކީ ބައެއް މީހުން އެހާ ކުރާހިތްވާ ކަންކަމެއް ނޫނެވެ. އެހެންނަމަވެސް ހިކެން ބޭނުންވެއެވެ. ކަސްރަތެއް ނުކޮށް ހިކޭނެނަމަ ހާދަ ފަސޭހައޭ ބުނާ މީހުންވެސް އުޅެއެވެ. ހިކޭކަމަށް ބުނާ ފާޑުފާޑުގެ ސައިފަތާއި ކޮފީ އަދި ކެޕްސޫލް ކަހަލަ އެއްޗެހި ބާޒާރަށް ނެރެ އޭގެ އަވައިގައި ޖެހޭ މީހުންވެސް މަދެއްނޫނެވެ. އެއެއްޗެހި ބޭނުންކޮށްގެން ނުހިކުނީމަ އެކަމާ ކަންބޮޑުވާމިންވަރު ވަރަށް އަވަހެވެ. ބޭކާރު ޚަރަދެއް ކުރެވުނީ ކަމުގެ އިހްސާސްކުރެވި ދެރަވެއެވެ. އެއްވެސް ބޭހެއް ނުވަތަ ޖޫހެއް ބޮއެގެން ހިކޭނެ ކަމުގައި […]