މައުލޫމާތު: ކޮތަރަށް ރަނގަޅު ފެންވަރުގެ ކުރެހުންތައް ދެނެގަނެވޭކަން އެނގޭތަ؟

ރަނގަޅު ފެންވަރުގެ ކުރެހުންތައް އަހަރެމެންނަށް އެނގޭފަދައިން ކޮތަރަށް އެފަދަ ކުރެހުންތައް ދެނެގަނެވޭކަން ޖަޕާނުގެ ކިއޯ ޔުނިވާސިޓީގެ ޕްރޮފެސަރަކާއި އޭނާގެ ޓީމުން ކުރި ދިރާސާއަކުން ހާމަވެފައިވެއެވެ. ކުރެހުމުގައި ބޭނުންކޮށްފައިވާ ކުލައާއި ޕެޓާންތަކާއި އަކުރުތައް މޮނިޓަރކޮށް ދެނެގަންނަން ކޮތަރުތަކެއް ތަމްރީނުކޮށްފައިވެއެވެ. އަދި ވަކިތަނެއްގައި ތަމްރީނުކޮށްފައިވާ ކޮތަރުތަކާއި ތަމްރީނު ނުކުރާ ކޮތަރުތައް ބޭތިއްބުމަށްފަހު ކޮމްޕިއުޓަރުން އެކިކުދިން ކުރަހާފައިވާ ކުރެހުންތައް ދެއްކުމަށްފަހު ފެންވަރު ރަނގަޅު ކުރެހުންތައް ދެނެގަންނަ ކޮތަރުތަކަށް ކާއެއްޗެހި އިނާމުގެ ގޮތުގައި ދީ ފެންވަރުދަށް ކުރެހުންތައް ފާހަގަކުރާ ކޮތަރުތަކަށް ކާއެއްޗެހި ނުދޭގޮތަށް […]