އަޟްޙާ ޢީދުގެ ރީތިކަމާއި އުފާތައް

އަޟްޙާ ޢީދަކީ އިސްލާމްދީނުގައި ޝިޢާރެއްގެ ގޮތުން އުފާ ފާޅުކުރަން އޮންނަ ދެ ޢީދުގެ ތެރެއިން އެއް ޢީދެވެ. އެއީ ކޮންމެ ހިޖުރީ އަހަރެއްގެ ޛުލްޙިއްޖާ މަހުގެ ދިހަވަނަ ދުވަހަށްވާއިރު، މިއީ ޙައްޖުގެ އަޅުކަމަށްފަހު ފާހަގަކުރާ އުފާވެރި ދުވަހެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ މުސްލިމުން ދީނީ ޝިޢާރުތައް ފާޅުކޮށް އެމީހުންގެ އުފާތައް އެކަކު އަނެކަކާ ޙިއްޞާކޮށް، އެއްބައިވަންތަކަން ފާޅުކުރާ އުފާވެރި ދުވަހެވެ. ބަހުގެ ގޮތުން ބަލާއިރު ޢީދަކީ ތަކުރާރުކޮށް އަންނަ ކޮންމެ އެއްޗަކަށް ކިޔާ ނަމެކެވެ. އެއީ […]