ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެން އަނިޔާވެރިކަން ބޮޑު މީހަކު ނުވޭ- ހުކުރު ޚުތުބާ

ދުލުގެ އާފާތްތަކުގެ ތެރޭގައި ދޮގު ހެކި ދިނުމާއި ދޮގު ހުވާ ކުރުން ހިމެނެއެވެ. ﷲ ގެ ހަޟްރަތުން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެން އަނިޔާވެރިކަން ބޮޑު މީހަކު ނުވެއެވެ. ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ސަހާބީންގެ އަރިހުގައި އިންނަވާފައި ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. " ބޮޑެތި ފާފަތަކަކީ ކޮބައިކަން ތިޔަބައި މީހުންނަށް ތިމަންކަލޭގެފާނު ބަޔާންކޮށްދެއްވަން ހެއްޔެވެ؟" މިހެން އެކަލޭގެފާނު ތިން ފަހަރު ޙަދީޘް ކުރެއްވިއެވެ. ސަޙާބީން ދެންނެވިއެވެ. އާދޭހެވެ. އޭ ﷲ ގެ ރަސޫލާއެވެ. […]
މާޖިދު: ވަޑާންކުރުމުގައި ފާހަގަކުރެވޭ ހުނަރުވެރިއެއް

ނ. އަތޮޅު ޅޮހި އަށް އުފަން މުހައްމަދު މާޖިދު އަކީ ވަޑާމުގެ މަސައްކަތުގައި ހުނަރުވެރި މީހެކެވެ. ނ އަތޮޅަށް މަޝްހޫރު ކުޅަދާނަ މާވަޑިއެއްކަމުގައިވާ މަރްހޫމް މުހައްމަދުފުޅު ކަތީބަކީ މާޖިދުގެ ކާފައެވެ. މާޖިދުގެ ބައްޕައަކީ ކިއްސަރު ވަޑާމާއި ތެދުއި ވަޑާން އަދި ދަނގަޑުން ތަފާތު ތަކެތި ހެދުމުގެ މަސައްކަތްވެސް ކުރި މޮޅު މަސައްކަތްތެރިއެކެވެ. ވަޑާމުގެ ހުނަރުން ފުރިގެންވާ މާހައުލެއްގައި މާޖިދު ބޮޑުވުން ވެގެންދިޔައީ މިމަސައްކަތަށް ލޯބި ޖެހުނު ސަބަބަކަށެވެ. 'ޒީޓައިމްސް' އަށް ދިން އިންޓަވިއުގައި މާޖިދު ފާހަގަކުރިގޮތުގައި ކުޑައިރުއްސުރެ […]