ވާހަކަ: އާދޭސް (ފަސްވަނަބައި)

ޒުލޭޚާ ހުރީ މިރޭވެސް ކައިވެނި ކުރަން ތައްޔާރަށެވެ. ލަސްވެއްޖެއްޔާ އިސްމާއީލް ގެއްލިދާނެތީއެވެ. އައްލާމު މަރުވުމަށްފަހު އޮތް ހަމައެކަނި ފުރުސަތު ގެއްލެން ބޭނުން ނުވާތީއެވެ. އިސްމާއީލް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ގަޑިން އެއްގަޑިބައި ވަނީއެވެ. "މިރޭ މީޓްވެއްޖެއެއްނު. ދެން މާދަމާ ރޭ ދާނަން ތިގެއަށް" ގަޑިއަށް ބަލަމުން އިސްމާއީލް ބުނެލިއެވެ. "އޯކޭ ދަނީ" ޒުލޭޚާ ހިނގައިގަތީ ދާ ހިތަކުން ނޫނެވެ. އެބުނާހެން މާބޮޑަށް ލަސްވެސް ވީއެވެ. އަރޫމާވެސް ހުންނާނީ ގޭގައެވެ. އެކަނި ވާނުވާ ނޭނގި ބިރުން ހުރެދާނެއެވެ. […]